ވޯޓުލާ މީހުންގެ ކިއު ދިގު، ލަސްވުމުން ގިނަ ޝަކުވާއެއް
ރިޔާސީ އިންތިހާބަށް ވޯޓުލުން މިއަދު ހެނދުނު 8:00 އަށް ފަހު ފެށިގެން ކުރިއަށްދާއިރު، ވޯޓުލުމަށް ކިއު ގައި މަޑުކޮށްގެން ތިބި މީހުންގެ އަދަދު ނުހަނު ގިނައެވެ.
ވީހާވެސް އަވަހަށް ވޯޓުލާން ރައްޔިތުން ބޭނުންވެފައިވާއިރު، ގިނައިރުތަކެއް ވަންދެން ކިއުގައި މަޑުކޮށްގެން ތިބެން ޖެހުނުން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެހެން ފަހަރުތަކައި ޚިލާފަށް ކިޔު ނަންބަރު ނަގައިގެން، ނަންބަރަށް ގޮވަން މަޑުކުރަން އިންނަ ގޮނޑިބަރި ވެސް ފެންނަނީ ފަޅުކޮށެވެ.
ކިޔު ގައި ތިބި މީހުންނަށް ގޮވަން ލަސްވެ، ކިއު ދިގުދެމިގެން ގޮސްފައިވަނީ މަރުކަޒުތަކުގައި ވޯޓާސް ލިސްޓު ޗެކް ކުރުމަށް ބޭނުން ކުރަމުން ދިޔަ ޓެބްލެޓް ގެ ޑޭޓާ މައްސަލަ ޖެހުމުން މެނުއަލީކޮށް އެލިސްޓު މިހާރު ޗެކް ކުރަން ޖެހޭތީ ކަމަށް ވޯޓުލާ މަރުކަޒުތަކުގެ ބައެއް ވެރިން ވިދާޅުވެފައިވެއެވެ.