"އަޅުގަނޑުގެ ނަމުގައި ކަނޑައެޅިގެން ދޮގު އެސްއެމްއެސް ބައަކު ރާވައިގެން ވަރަށް ގިނަ ބައަކު ވަރަށް ގިނަ ބައަކަށް ފޮނުވަމުން ގެންދާކަން އެނގިއްޖެ. އެ އެސްއެމްއެސްއަކީ ކަނޑައެޅިގެން ބައަކު ހިންގާ ބޮޑު ޖަރީމާއެއް. އެ އެސްއެމްއެސްގައި އެވަނީ ޙަޤީޤަތެއް ނޫން - ޤާސިމް"
އިއްޔެ އިރު އޮއްސި 6 ޖެހުމުން ފެށިގެން މާދަމާ އިރުއޮއްސި 6 ޖަހަންދެން ކެންޕޭނު ކުރުމާއި އެންޓި ކެންޕޭނު ކުރުމަކީ ޤާނޫނުގައި މަނާ ކަމެކެވެ.
މިއަދުގެ މިހައިތަނަށް ބަލާއިރު ޤާސިމް އިބްރާހީމްގެ ނަންފުޅުގައި މެސެޖުކުރުމުގެ އިތުރުން ޝައިޚް އިމްރާންގެ ނަންފުޅުގައިވެސް ދޮގު އެސްއެމްއެސް ފޮނުވައި އެންޓިކެންޕޭނު ކުރަމުން ގެންދާކަން މިވަނީ ފާހަގަކުރެވިފައެވެ.
Alhugadu ge namugai kadaelhigen dhogu SMS bayaku raavaigen varah ginabayakah fonuvamun gendhaa kan egihje . E SMS akee kadaelhigen bayaku hingaa bodu jareemaa eh e SMS gai evanee Haqee qathehnoon . Qasim
— Qasim Ibrahim (@qasimibrahim) September 23, 2018