ވޯޓުލުމުން އިނގިލީގަ ޖަހާ ފާހަގަ ފޮހެވޭކަމުގެ މައުލޫމާތު އެބަ ލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ވޯޓުލުމުން އިނގިލީގަ ޖަހާ ފާހަގަ ފޮހެވޭކަމުގެ މައުލޫމާތު އެބަ ލިބޭ!
ވޯޓުލުމުން އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭކަމުގެ މައުލޫމާތު އެބަ ލިބެމުން އެބަދެއެވެ.

ބައެއް މީޑިއާތަކުން ބުނަނީ ފޮހެވުނު ނަމަވެސް ގަޑި ދެގަޑިއިރު ފަހުން ފާހަގަ އެނބުރި އޮޓޮމެޓިކުން ލެވޭނެކަމަށް ކޮންމެވެސް އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށެވެ.

އީސީގެ ތަރުޖަމާނާއި މިވަގުތު ފޯނުން ނުގުޅޭތީ އިތުރު މައުލޫމާތެއް ލިބޭނެ ގޮތެއް ވަނީ ނުވެފައެވެ.

މީގެ ކުރީގެ އެއްވެސް އިންތިޚާބެއްގައި އިނގިލީގައި ޖަހާ ފާހަގަ މިފަދަ ގޮތަކަށް އޮޓޯއިން އެނބުރި އަންނަ ޓެކްނޮލޮޖީއެއް ބޭނުންކޮށްފައެއް ނުވެއެވެ. މިފަދަ ކަންކަން މިފަހަރުގެ އިންތިޚާބުގައި ހިނގާނެ ކަމަށް ކުރިންސުރެ އައީ ވާހަކަތައް ދެކެވެމުންނެވެ.
މިއަދު އޮންލައިން