ނޫސްވެރިންގެ ސުވާލު ބަނޑުގަ އޮއްވާ ޖަވާބު ދެއްވި އީސީގެ އިންތިޒާމު ޓޫޓީއަށްވުރެ ދަށްވެ ކިޔޫގައި ތިބި މީހުން އަނބުރައިގަންނަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ނޫސްވެރިންގެ ސުވާލު ބަނޑުގަ އޮއްވާ ޖަވާބު ދެއްވި އީސީގެ އިންތިޒާމު ޓޫޓީއަށްވުރެ ދަށްވެ ކިޔޫގައި ތިބި މީހުން އަނބުރައިގަންނަނީ!
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލު ދުލުން ނުބުނެވިގެން އުޅެނިކޮށް ޖަވާބު ދިނުމުގެ ޤާބިލުކަން އިލެކްޝަންސް ކޮމިޝަނަށް ވަނީ ލިބިފައިކަން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެނގިގެންދިއައެވެ.

ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފުގެ ހުޝިޔާރުކަމާއި ދޫފުޅުގެ ބަލާޣާތްތެރިކަން ބޮޑުކަމުންނެވެ. ނޫސްވެރިންގެ ސުވާލުތައް މާކުރިއަށްވެސް ފަހުމްވެ އެނގިވަޑައިގަންނަވާތީއެވެ.

ނަމަވެސް މިއަދު ވޯޓުލާން ރައްޔިތުން ނުކުތް އިރު އިންތިޒާމުތައް ހުރީ ސްޕީޑް ދަށްވުމުން ދިވެހިން ބޭނުންނުކޮށް ދޫކޮށްލާފައިވާ ޓޫޓީ އިންޖީނުގެ ސްޕީޑްގައެވެ. މިޔޫގައި ތިބެ މީހުން އަނބުރައިގަންނަމުންދަނީއެވެ.

މިކަމާއި ގުޅިގެން ގިނަ ބައަކު ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ރަނގަޅުކޮށް އިޞްލާޙްކުރެވެންޖެހޭނެ ކަންކަން އިޞްލާޙް ނުކުރެވި ފަހަތަށް ޖެހުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން