ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރަށް- ފުލުހުން

ކިޔުމަށް ހޭދަވާނީ 32ސ
ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރަށް- ފުލުހުން
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބާ ގުޅިގެން ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށް އެއިދާރާއިން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އިންތިހާބާ ގުޅިގެން ހިނގާފާނެ ކޮންމެ ކަމަށްވެސް ކުރިމަތިލުމަކަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް ހަމަނުޖެހުމެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވެސް ޝިފާން އިލްތިމާސް ކުރައްވާފައިވެއެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރި ވަމުންދެއެވެ.
މިއަދު އޮންލައިން