ޓެބްލެޓް ބޭނުން ނުކުރެވުމުގެ ޒިންމާ އިންޓަރނެޓަށް - އެވަރު ނުބަލާ ބޮޑު ހޭދަކުރުމުން ރައްޔިތުންނަށް ގެއްލުނު ފައިސާ އާ ވަގުތުގެ ޒިންމާ އުފުލާނީ...؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޓެބްލެޓް ބޭނުން ނުކުރެވުމުގެ ޒިންމާ އިންޓަރނެޓަށް - އެވަރު ނުބަލާ ބޮޑު ހޭދަކުރުމުން ރައްޔިތުންނަށް ގެއްލުނު ފައިސާ އާ ވަގުތުގެ ޒިންމާ އުފުލާނީ...؟
މިއަދު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުންކުރަން ބޮޑު ޚަރަދުކޮށްފައި ގެނައި ޓެބްލެޓްތައް ބޭނުންކުރެވިފައިވަނީ މަދު މަރުކަޒުތަކެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ އެކަން މެދުވެރިވީ އިންޓަރނެޓް ސްލޯކަމުން ކަމަށެވެ.

ކަންކަން ކުރިއާލައި ބަލަންޖެހޭ ވަރަށް ނުބަލައި ރައްޔިތުންގެ ފައިސާއިން މިހައި ބޮޑު އަދަދެއް ހޭދަކުރުމުން ރައްޔިތުންގެ މާލިއްޔަތަށް ލިބުނު ގެއްލުނު ފައިސާ އާއި ރައްޔިތުން ވޯޓުލުމަށް ކިޔޫގައި 5،4،3 ގަޑިއިރު ތިބެން ޖެހުމުން އުފުލަންޖެހުނު ތަކުލީފުގެ ޒިންމާ އުފުލާނެ ފަރާތެއް ޝަރީފް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އެކަމަކަށް އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅަކު މާފަށް އެދިވަޑައިގެންފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެހެންކަމުން އެ ބޮޑު ތަކުލީފުގެ އަގަކަށް ލިބިފައިވަނީ މާފަށް އެދުމެކެވެ.
މިއަދު އޮންލައިން