ރިޔާސީ އިންތިހާބަށް ވޯޓުލުން ބަންދު
ރިޔާސީ އިންތިހާބު 2018 އަށް ވޯޓު ލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ، ވޯޓުލުން ބަންދު ވެއްޖެއެވެ.
އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ވޯޓުލުން ނިންމާލާފައިވަނީ މިރޭ 19:00 ގައެވެ. އެހެން ފަހަރުތަކުގައި ވޯޓުލުން ނިމޭ ގަޑިއަކީ ހަވީރު 16:00 އެވެ.
ރިޔާސީ އިންތިހާބަށް މިފަހަރު ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ލާފައިވެއެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިއަށް އޮތް ފަސް އަހަރު އިންތިހާބުވުމަށް މިފަހަރު ވާދަ ކޮށްފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އިބްރާހިމް މުޙައްމަދު ސޯލިހެވެ.
ރައީސް ޔާމީން އަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އިބްރާހިމް މުޙައްމަދު ސޯލިހުގެ ރަނިން މޭޓަކީ ފައިސަލް ނަސީމެވެ.