75% ވޯޓުފޮށީގެ ނަތީޖާ އާއެކު ކޯލިޝަނުގެ ސަޕޯޓަރުން ހެވި ދިލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
75% ވޯޓުފޮށީގެ ނަތީޖާ އާއެކު ކޯލިޝަނުގެ ސަޕޯޓަރުން ހެވި ދިލިއްޖެ
މިހައިތަނަށް އިއުލާނުކުރި 75 އިންސައްތަ ވޯޓުފޮށީގެ ނަތީޖާ އާއިއެކު ކޯލިޝަނުގެ ސަޕޯޓަރުން އުފަލުން ހެވި ދިލިއްޖެއެވެ.

75 ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އިބޫ ވަނީ 90،839 ވޯޓު ހޯއްދަވައިފައެވެ. ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވަނީ 65،221 ވޯޓެވެ. މިއީ 22،618 ވޯޓުގެ ބޮޑު ތަފާތެކެވެ.

ބާކީހުރި 25 އިންސައްތަ ވޯޓުފޮށިން މި ތަފާތު ނައްތާލައި ރައީސް ޔާމީނަށް ކުރި ހޯއްދެވޭނެ ކަމަށް ނުބެލެވޭކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން