ތާޖުއްދީން ސްކޫލް ގައި ބަހައްޓާފައިފާ ހއ. އަތޮޅުގެ ވޮޓު ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާހެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ނަމާއި ދިމާލު ގޮޅީގައި ކުރަހާފައިވީ ނަަމަވެސް އެއީ ސައްޙަ ވޯޓެއް ކަމަށް ކަނޑައަޅާ، ހަމައެފަދައިން އިބްރާހިމް މުޙައްމަދު ސޯލިހު ގެ ނަމާއި ދިމާލު ގޮޅީގައި ކުރަހާފައި ހުރި ވޯޓެއް ބާތިލު ވޯޓެއް ކަމަށް ކަނޑައެޅި މައްސަލައެއް ހޫނު ވެއްޖެއެވެ.
މީގެ އިތުރުން އިބޫގެ ނަމާއި ދިމާލަށް ރަނގަޅު ފާހަގަ ޖަހާފައިވާ ހަތަރު ވޯޓު ކަރުދާހެއް ވެސް ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުން އެމައްސަލަވެސް ވަނީ ފެން މަތި ވެފައެވެ.