މިހައިތަނަށް ހާމަވެފައިވާ ނަތީޖާއަށް ބަލާއިރު 88.3 ފޮށީގެ ނަތީޖާ މިވަނީ އިއުލާނު ކުރެވިފައެވެ. ނަތީޖާ ދައްކާގޮތުން އިބޫ ވަނީ 112،355 ވޯޓު ކާމިޔާބު ކުރައްވައިފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 80،688 ވޯޓެވެ. އިބޫ އުޅުއްވަނީ 31،667 ވޯޓު ކުރީގައެވެ.
ނަތީޖާއަށް ބަލާއިރު އިބޫ އެވަނީ ހަމަ ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ.
އިބޫގެ ސަޕޯޓަރުން ބުނަނީ ވޯޓު ފޮށިތައް މާލެ ގެނެސް ފުރާޅުން ޓިނު ނަގައިގެން ރައީސް ޔާމީނުގެ އަމުރުފުޅަށް ވަދެވޭނެ ތަނަކަށް ވޯޓު ފޮށިތައް ވައްދައިފިނަމަ ދެންވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާ ކަމަށެވެ. އެހެންކަމުން ދެން މިހާރު ކަށަވަރުކުރަންޖެހޭނީ ވޯޓުފޮށިތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަމަށާއި ރައީސް ޔާމީނުގެ އަމުރުފުޅަށް ޓިނު ނުނެގޭނެ ތަނަކަށް ވެއްދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.