ރައްޔިތުންގެ ނިންމުމާއިއެކު ސަރުކާރު ހަވާލުކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށް ރައީސް ޔާމީނަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައވައިފިއެވެ.
އެމަނިކުފާނުގެ އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް އާއިއެކު މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ﷲ މިންވަރު ކުރެއްވެވި ބޮޑު ކާމިޔާބީ އާއިއެކު ފުރަތަމަ ކަމަކަށް ކުރަން އޮތީ ޤައުމު އެއްބައިވަންތަ ކުރުވުމުގެ މަސައްކަތް ކަމަށެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފެނިގެން މިދިއައީ ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ބޭއިންޞާފަށް ނޫނެކެވެ ބުނަން ރައްޔިތުން ބޭނުންވެ ބަދަލުވެގެން ތިބި މިންވަރު ކަމަށެވެ. "ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!"
އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ ބޮޑު މަސައްކަތަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބު ލިބި ނަޞްރު ލިބިގެން މިދިއައީ އެކަމަށްޓަކައި އިދިކޮޅުގައި ތިއްބަވައި 4 ލީޑަރުން ގުޅިވަޑައިގެން ވަރަށް ޙިކުމަތްތެރިކަމާއިއެކު ކުރެއްވެވި ވަރަށް ބުރަ މަސައްކަތްޕުޅުން ކަމަށެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 4 ލީޑަރުން މިހާރުން މިހާރަށް މިނިވަން ކުރެއްވުމަށް ރައިސް ޔާމީނަށް ގޮވާލައްވައިފައެވެ.