ކުރިން ބުނީ އަމުރަށް އަމަލުކުރާނަމޭ - މިރޭ ބުނީ ނަތީޖާ ޤަބޫލުކުރާނެ ހިއްވަރު އެބަހުއްޓޭ - ދެން އަވަހަށް ޤަބޫލުކުރަންވީނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކުރިން ބުނީ އަމުރަށް އަމަލުކުރާނަމޭ - މިރޭ ބުނީ ނަތީޖާ ޤަބޫލުކުރާނެ ހިއްވަރު އެބަހުއްޓޭ - ދެން އަވަހަށް ޤަބޫލުކުރަންވީނު!
ސްޕްރީމް ކޯޓުގެ އަމުރު ނެރުނީމާ ބުނީ އަމުރަށް އަމަލުކުރާނެ ކަމަށެވެ. މިރޭ ބުނީ ނަތީޖާ ޤަބޫލުކުރާނެ ހިއްވަރު އެބަހުރި ކަމަށެވެ! އިތުރު ބަހަނާތައް ނުދައްކައި ދެން އަވަހަށް ޤަބޫލުކުރަންވީ ނޫންތޯއެވެ!

ރީތި ގޮތަކީ ރައްޔިތުންގެ ނިންމުން ނިންމައި އެކަން އެންގުމުން ޤަބޫލުކުރުން ނޫންތޯއެވެ؟ ރެފްރީ ރަތްކާޑު ދެއްކީމާ ދަނޑުން ފައިބަނީވެސް އެކަން ކުރާ ހިތަކުން ނޫނެވެ! އެނޫން ގޮތެއް ފުޓްބޯޅައިގެ ޤަވާއިދުގައި ނުއޮންނާތީ ނޫންތޯއެވެ؟

ކުރިން ބުނަމުން ގެންދިއަ ކޮންމެވެސް ގޮތެއް ހަދަން އުޅުމަކީ ޤައުމަށް އެންމެ ގެއްލުން ބޮޑު ގޮތަށް ނޫނީ ނުވާނެއެވެ! ވީމާ ރައްޔިތުންނާއި ޤައުމު ދެކެ އެއްވެސް މިންވަރަކަށް ލޯބިވާނަމަ ކޮންމެވެސް ގޮތެއް ހަދަން ނުއުޅުން ރަނގަޅުވާނެއެވެ!
މިއަދު އޮންލައިން