އަނިޔާވެރިކަން ނިމުނީ ބަލި ޤަބޫލުކުރައްވާ!: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
އަނިޔާވެރިކަން ނިމުނީ ބަލި ޤަބޫލުކުރައްވާ!: ފައިޞަލް
ރާއްޖޭގައި އަނިޔާވެރިކަން ނިމުނީ ކަމަށް ވިދާޅުވެ އިންތިޚާބުގައި ބަލިވެއްޖެކަން ޤަބޫލުފުޅު ކުރެއްވުމަށް އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް ރައީސް ޔާމީނަށް ގޮވާލައްވައިފިއެވެ.

ފައިޞަލް މިކަމަށް ގޮވާލެއްވީ މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދަށް ގިނަ ބައަކު އެއްވުމުން އެމީހުންނާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިޞަލް ވަނީ މާތްﷲ މިންވަރު ކުރެއްވެވި ކާމިޔާބީގައި ހިތްތިރިކުރުމަށާއި ކެތްތެރިކަން އިސްކުރަން ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
މިއަދު އޮންލައިން