މުވައްޒިފުން މަޤާމުން ވަކިކޮށް ތަފާތު އަނިޔާތައް ކުރި ކުންފުނިތަކުގެ ވެރިން އަނިޔާލިބުނު މުވައްޒިފުންގެ ކިބައިން މާފަށް އެދުމަށް އައްޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ވަރަށް ނާއިންސާފުން ުވައްޒިފުން ކަނޑައި، އަދިވެސް ވަރަށް ބޮޑެތި އެހެނިހެން އަނިޔާތައް ކޮށްފައި ކަމަށެވެ.
އެހެންކަމުން އެތަންތަނުގެ ވެރިން ތައުބާވެ، އަނިޔާލިބުނު މުވައްޒިފުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށާއި ޤިޔާމަތް ދުވަހު އެޙައްޤު ކެނޑޭނީ އެއިރުން ކަމަށެވެ.
"ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ވަރަށް ނާއިންސާފުން ުވައްޒިފުން ކަނޑައި، އަދިވެސް ވަރަށް ބޮޑެތި އެހެނިހެން އަނިޔާތައް ދީފަ. މިފުރުޞަތުގައި އެތަންތަނުގެ ވެރިން ތައުބާވެ، އަނިޔާލިބުނު މުވައްޒިފުންގެ ކިބައިން މާފަށް އެދެން ޖެހޭނެ. ޤިޔާމަތް ދުވަހު އެޙައްޤު ކެނޑޭނީ އެއިރުން."
Baeh Kunfuni thakuge verin vanee varah naainsaafun muvahzafun kandai, adhives varah bodethi ehenihen aniyaa thah dheefa. mifurusathugai ethanthanuge verin thaubaave, aniyaalibunu muvahzafun ge kibain maafah edhen jeheyne! Qiyaamai dhuvahu ehaggu kendeyny eyrun. #heyonaseyhai
— Ali Zaid (@alizaid1000) September 24, 2018