ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އީސީ އިން އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 46ސ
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އީސީ އިން އިއުލާން ކޮށްފި
އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބު 2018 ގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު 1 އަދި މިހާރު ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަނގުގެ/ މާލެ، އަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ 96132 ވޯޓެވެ.

ކެންޑިޑޭޓް ނަންބަރު 2 އަދި އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު، ނޫރާނީއާގެ/ ޅ.ހިންނަވަރު، އަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ 134616 ވޯޓެވެ.



ސައްޙަ ވޯޓުގެ ގޮތުގައި 230748 ހިމެނޭއިރު، ބާތިލް ވޯޓުގެ 3129 ވޯޓާއިއެކު މުޅިއަކު 233877 ވޯޓު ރާއްޖޭގެ ރައްޔިތުން ލާފައިވެއެވެ.

ރިޔާސީ އިންތިޙާބަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ 262135 މީހުން ހިމެނޭއިރު، އިއްޔެ ބޭއްވުނު އިންތިހާބަށް ވޯޓުލާފައިވަނީ 233877 މީހުންނެވެ. އެއަދަދާއެކު ވޯޓުލީ މީހުންގެ އިންސައްތަ 89.22 އަށް އަރައެވެ.


މިއަދު އޮންލައިން