ޚިޔާނާތްތެރިވިކަމަށްވަނީ ހަމައެކަނި ފައިސާ އާއި މުދަލުން ވައްކަން ކުރުމަކުން ނޫނެވެ. ނުވަތަ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމަކުން ނޫނެވެ. ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެ ޤައުމުގެ ޤާނޫނު އަސާސީއަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުއައްސަސާތަކަށާއި ކޯޓުތަކަށް ބާރާއި ނުފޫޒު ހިންގުމަކީވެސް ހަަމ ޚިޔާނާތްތެރިވުމެވެ.
މީހުންގެ މައްޗަށް ކުރަން ނުޖެހޭ ދައުވާތައްކޮށް އިންސާފުވެރިކަމާއިއެކު ޝަރީޢަތް ކުރަން ހުރަސް އެޅުމަކީވެސް ހަމަ ޚިޔާނާތްތެރިވުމެވެ. ވަކި ޙާލަތްތަކެއްގައި ކުރެވެންޖެހޭ ކަންކަން އެނޫން ޙާލަތްތަކުގައި ކުރުމަށް މަގުފަހިކުރުމަކީވެސް ހަމަ ޚިޔާނާތްތެރިވުމެވެ.
ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ދައުލަތުގެ ބަންޑާރަ ނައިބް މުޙައްމަދު އަނިލް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް މިނިސްޓަރު ޢައިޝަތު ޢާޒިމާ ޝުކޫރަކީ ވެސް ޤައުމަސް ޚިޔާނާތްތެރިންނެވެ.
އެމީހުންގެ ސަބަބުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތައް ބައިވަރު މެންބަރުންގެ މަސައްކަތް ހުއްޓުމަކަށް ގެނުވައިފައެވެ. ޤައުމުގެ ތިންބައިކުޅައެއްބައި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެފައެވެ.
އެތައްބައިވަރު ބައަކަށް ކަނޑައެޅިގެން ދޮގު ތުހުމަތުތައް ކޮށް ޖަލުތަކުގައި ބަންދުކުރުވައިފައެވެ. ނުހިނގާ ކަންކަން ހިނގިކަމަށް ހައްދުވައި ބޮޑެތި ޙުކުމްތައް އިއްވުވައިފައެވެ. އެކަންކަމުގެ ސަބަބުން އެތައް ބައިވަރު ޢާއިލާތަކަށާއި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މި 3 މީހުންގެ މައްސަލަތައް ބަލައި ތަޙްޤީޤްކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން ކަންކަން ކުރަންޖެހޭނެއެވެ. އިންޞާފުގެ މަގުން ކުރިއަށް ދެވޭނީ އެކަމަށް ހުރި ހުރަސްތައް ނައްތާލައިގެންނެވެ. އިންސާފު ލިބުމަށް ހުރަސްއަޅާ އެންމެހައި ފަރާތްތަކަށް ޙައްޤު އަދަބު ދީގެންނެވެ.