އެތައް ހާސް ރައްޔިތުންގެ ހޫނު މަރުހަބާއެއް އިބޫއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެތައް ހާސް ރައްޔިތުންގެ ހޫނު މަރުހަބާއެއް އިބޫއަށް!
އާޓިފިޝަލް ބީޗް ސަރަހައްދަށް އެތައް ހާސް ބައަކު އެއްވެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޙޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އެތައް ހާސްބައަކު އެއްވެފައިވަނިކޮށް އިންތިޚާބީ ރައީސް ސަރަހައްދަށް ވަޑައިގަތުމުން ރައްޔިތުން ވަނީ އުފާ ފައުޅުކޮށް ޝުއޫރު ފައުޅުކޮށްފައެވެ. އެންމެންވެސް އަވަސްވެގަތީ އިންތިޚާބީ ރައީސް އާއި ބައްދަލުކޮށް ސަލާމްކޮށް މަރުހަބާ ދަންނަވައި ހެޔޮ ދުޢާ ކުރުމަށެވެ.

އެއްވެ ތިބި އެތައް ހާސް ރައްޔިތުން ބުނަމުން ގެންދަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީއަށްޓަކައި އުފާ ފައުޅުކުރުމުގެ ޙަރަކާތްތައް ކުރިއަށް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ވެސް މިއަދާއި މިރޭ އަދި ކުރިއަށް އޮތް ދުވަސްތަކުގައި އުފާ ފައުޅުކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން