އަބްދުﷲ ރިޔާޒް މިނިވަން ކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
އަބްދުﷲ ރިޔާޒް މިނިވަން ކޮށްފި
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމައަކު އަމުރު ކޮށްފިއެވެ.

އަބްދުﷲ ރިޔާޒް ހައްޔަރު ކުރެވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ ދެވަނަ ދުވަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖީދީމަގުގައި ބޭއްވި ސުލްޙަވެރި އެއްވުމެއްގެ ތެރޭގައި އިންނަވަނިކޮށެވެ.

އެމަނިކުފާނަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް، މިމަހުގެ 15 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައެވެ.

ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ވެސް، ކަރެކްޝަންސް އިން ވަނީ އެމަނިކުފާނު ރިޟާންޑު ޖަލުގައި ބަހައްޓާފައެވެ.
މިއަދު އޮންލައިން