ދެ ފަނޑިޔާރުން ވެސް މާލެ ގެނެސްފި

ކިޔުމަށް ހޭދަވާނީ 42ސ
ދެ ފަނޑިޔާރުން ވެސް މާލެ ގެނެސްފި
ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދާއިމެދު ވެސް ގޮތެއް ނިންމުމަށް މާފުށީ ޖަލުން މާލެ ގެނެސްފިއެވެ.

ސިޔާސީ ހައްޔަރީންގެ ގިނަ ބައެއްގެ ޝަރިޢަތް މިއަދު ކްރިމިނަލް ކޯޓުން ބާއްވަމުން ގެންދާއިރު، މިހާތަނަށް އެކޯޓުން މިނިވަން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް އެކަންޏެވެ.

ނަމަވެސް މިވަގުތުވެސް އެކޯޓަށް ފާރިސް މައުމޫން، މުޙައްމަދު ނަދީމް، އަހުމަދު މަހްލޫފް، މޫސާ ސިރާޖު، އަދި ސިނާން ވެސް ވަނީ ހާޒިރު ކޮށްފައެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވި ދުވަހު، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން