ތިބޭނީ ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި، ނުފިލާނަން!: ޕީޕީއެމް

ކިޔުމަށް ހޭދަވާނީ 58ސ
ތިބޭނީ ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި، ނުފިލާނަން!: ޕީޕީއެމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމްގެ އެއްވެސް މެންބަރަކު ނުފިލާނެ ކަމަށާއި ތިބޭނީ ޒިންމާދާރު އިދިކޮޅު ލީޑަރުން ތަކެއްގެ ގޮތުގައި ކަމަށް ޕީޕީއެމް އން ބުނެފިއެވެ.

އެޕާޓީއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު އޮޅުވާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އަދި މިނިވަން އިންތިހާބެއް ބޭއްވި ސަރުކާރެއް ތަމްސީލުކުރާ ޕާޓީއަކަށް ވާތީ ފަޚުރުވެރިވާ ކަމަށެވެ.

މީގެއިތުރުން، ރައީސް ޔާމީން ރާއްޖެއަށް ގިނަ ތަރައްގީގެ މަޝްރޫއެއް ގެނައި ނަމަވެސް ރައްޔިތުން އިއްޔެ ނިންމި ގޮތުން ބަލި ގަބޫލު ކުރަން ޖެހިފައިވާ ކަމަށާއި ނަތީޖާ ޤަބޫލު ކޮށްގެން އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރާއްޖޭގައި ތިބެގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން، ފިއްލަވައިގެން ނުދާނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން