މުލީއާގޭ ރިޔާސީ ގަނޑުވަރު ވެހިކަލް ގަރާޖަށް މުލީއާގެއިން ނެރެގެން އެއްޗެތި ތަކެއް ވެއްދުމުން ގިނަ ބައަކު އެއްވެ އެއީ ކޮން އެއްޗެއްކަން ބަލަން ބޭނުންވެ އެކަމަށް އެދެމުން އެބަދެއެވެ.
ނޫސްވެރިން ބުނަނީ އެއީ ކޮން އެއްޗެއްކަން ބެލުމުގެ ފުރުޞަތު ރައްޔިތުންނަށް ދޭނެ ކަމަށެވެ. ފުލުހުން ގެންދަނީ އެތަނުގެ ދޮރުމަތި ހިމާޔަތްކޮށް ބަލަހައްޓަމުންނެވެ.
މިސަރުކާރުން މުލީއާގެ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ޖަގހައެއްގެ ގޮތުގައެވެ. އެހެންކަމުން ބެލެވެނީ މިއީ އިންތިޚާބާއި ގުޅުންހުރި ތަކެތިކަމަށް ވެދާނެ ކަމަށެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ވެމްކޯގެ ކުނި ލޮރީއެއްގައި ވަރަށް ގިނަ ކަޅު ކޮތޅުތަކެއް ވެސް ވަނީ މުލީއާގެ އިން ނެރެގެން ގެންގޮސްފައެވެ.