ޖަލުގަ 6 މަހާ 22 ދުވަސް - ނުކުމެވުނުއިރު ރައީސް ޔާމީނު ޖެއްސެވި ހިސާބުތައް ފޭލްވެ ވެރިކަން ވެއްޓިއްޖެ!: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޖަލުގަ 6 މަހާ 22 ދުވަސް - ނުކުމެވުނުއިރު ރައީސް ޔާމީނު ޖެއްސެވި ހިސާބުތައް ފޭލްވެ ވެރިކަން ވެއްޓިއްޖެ!: ޢަބްދުﷲ ރިޔާޟް
ރައީސް ޔާމީނުގެ އަނިޔާވެރިކަމުގައި ޖަލުގައި 6 މަހާއި 22 ދުވަސް ހޭދަކުރެއްވުމަށްފަހު މިރޭ ނުކުމެވަޑައިގެންނެވުނުއިރު ރައީސް ޔާމީނު ޖެއްސެވި ހިސާބުތައް ފޭލްވެ އެމަނިކުފާނުގެ ވެރިކަން ވެސް ވަނީ ވެއްޓިފައި ކަމަށް ޖޭޕީގެ ކުރީގެ ނައިބްލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިރޭ އެމަނިކުފާނު މިނިވަން ކުރުމުން ނުކުމެވަޑައިގެން ރިޔާޟް ވިދާޅުވީ ރައީސް ޔާމީނު ހީފުޅު ކުރެއްވީ ރިޔާޟް ޖަލުގައި ބަންދުކޮށްފައި ބޭއްވުމުން އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމަށް ކަމަށާއި ނަމަވެސް އެ ޖެއްސެވި ހިސާބުވެސް އެކުގައި ވީ ފޭލް ކަމަށެވެ.

ރިޔާޟް ވިދާޅުވީ އެމަނިކުފާނާއިއެކު އެއްވަގުތަކު އެއްތަނަކުން ހައްޔަރުކުރި އެންމެން ދޫކޮށްލި ކަމަށާއި ނަމަވެސް ކުއްލިއަކަށް އެމަނިކުފާނު ފެތުނީ ކުއްލި ޙާލަތުގެ ގޮޅިއަށް ކަމަށެވެ. އަދި އެގޮތަށް އެކަންތައްތައް ކުރައްވައި ބަންދުގައި އެމަނިކުފާނު ހިފެހެއްޓުވީ ރައީސް ޔާމީނުގެ ބާރާ ނުފޫޒުން ކަމަށެވެ.

"އަޅުގަނޑުމެން ހީކޮށްގެން މިތިބީ މިނިވަންވާނީ ޖުލައި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. ނަަމަވެސް މާތްﷲ ވާގިފުޅާއިއެކު މިރޭ މިވަނީ މިނިވަންވެވަޑައިގެންފައި ކަމަށެވެ.

ގިނަ ވޯޓު ހޯއްދެވުމުގެ ބޭނުންފުޅުގައި ރައީސް ޔާމީން އެމަނިކުފާނު ޖަލުގައި ބަންދުކުރެއްވި ނަމަވެސް އެމަނިކުފާނު ނިޞްބަތްވެވަޑައިގަންނަވާ ތިމަރަފުށްޓާއި އެމަނިކުފާނު ތަމްސީލުކުރައްވާ ކިނބިދޫ ދާއިރާގެ ރަށްތަކުން އިންތިޚާބުގައި ބޮޑުތަކުން ރައީސް ޔާމީނަށް ނޫނެކެވެ ބުނެފައިވާކަން ވެސް ރިޔާޟް ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ޔާމީނުގެ 5 އަހަރުގެ ވެރިކަމަށްފަހު މަޤާމު ދޫކުރައްވަނީ ކޮރަޕްޝނާއި ވައްކަމުގެ ތުހުމަތުތަކާއި އަދި ބިޔަ ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އަޅުވާފައިކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.
މިއަދު އޮންލައިން