އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދައުވަތު ދެއްވައިފި އެވެ. މިދައުވަތު ދެއްވާފައިވަނީ ވީހައި އަވަހަކަށް އިންޑިއާއަށް ވަޑައިގަތުމަށެވެ.
އިންތިޚާބީ ރައީސް މިރޭ ވިދާޅުވީ މޯދީ އެމަނިކުފާނަށް ދައުވަތު ދެއްވީ މިރޭ އިރާކޮޅު ފޯނުން ގުޅުއްވައި ކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ އެކުވެރި އެއް ޤައުމު ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި މިހާރު ހުރި މައްސަލަތައް ވީހައި އަވަހަކަށް ޙައްލުކުރައްވަން ބޭނުންފުޅުވާ ކަމަށް މޯދީ ވިދާޅުވި ކަމަށެވެ.
ރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނައުމަށް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި އެކަންކަމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވި ކަމަށް ވެސް އިންތިޚާބީ ކެންޑިޑޭޓް ވިދާޅުވިއެވެ.