އިންތިޚާބު ނިމިއްޖެ - ދެން އޮތީ ރައްޔިތުންނަށް ކުރަހައިދިން މަންޒަރުގަ ކުލަޖެއްސުން: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިންތިޚާބު ނިމިއްޖެ - ދެން އޮތީ ރައްޔިތުންނަށް ކުރަހައިދިން މަންޒަރުގަ ކުލަޖެއްސުން: ޑރ. ޙުސައިން
އިންތިޚާބު ނިމިއްޖެ ކަމަށާއި ދެން އޮތީ ރައްޔިތުންނަށް ކުރަހައިދިން މަންޒަރުގައި ކުލަޖެއްސުން ކަމަށް ޖޭޕީގެ ޑިޕިޔުޓީ ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. ޙުސައިން މިރޭ ވިދާޅުވީ ކޯލިޝަނުގެ ތެރޭގައި ތަފާތު ވިސްނުން ހުރެދާނެ ކަމަށާއި ނަމަވެސް ޚިޔާލު ތަފާތުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެކަމުން ކުރާނީ ފައިދާ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކުން ލިބެންޖެހޭ މާލީ ބަދަލު ހޯދުމުގެ އިތުރުން އެއްވެސް މީހަކަށް ކޮށްފައިވާ އަނިޔާއަކުން ލިބެންޖެހޭ ބަދަލެއް އޮތް ނަމަ އެބަދަލެއްވެސް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"އިންތިޚާބުގައި ވައުދުވި ފަދައިން ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދާނަން. އެއީ ސަރުކާރުގެ ޤާނޫނީ ޒިންމާއެއް. އެކަންކަން ކުރާނީ ޤާނޫނުގައި ބުނެފައޮތް ގޮތަށް. ބަދަލު ދޭންޖެހޭ އެންމެން އަތުން ބަދަލު ހޯދާނަން."

ޑރ. ޙުސައިން ވިދާޅުވީ ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކޯލިޝަން މާޔޫސް ނުވާނެ ކަމަށެވެ. އަދި އެވާހަކަތަކަށް ސަމާލުކަން ދޭން ވެސް ބޭނުން ނުވާ ކަމަށެވެ. މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ބާރަށް ކުރިއަށް ދިއުން ކަމަށެވެ.
މިއަދު އޮންލައިން