ޖަހާ ފާރުގަނޑު ހިފައިގެން އުޅޭ ބައަކަށް ވުމެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޖަހާ ފާރުގަނޑު ހިފައިގެން އުޅޭ ބައަކަށް ވުމެއް ނެތް: މުފްތީ މެންކް

"އަހަރެެމެން ކޮންމެ މީހަކީވެސް ހިތްދަތިކަން އިޙްޞާޞްކުރަން ޖެހޭ މީހެކެވެ. މާޔޫސްކަން އިޙްޞާޞްކުރަން ޖެހޭ މީހެކެވެ. ހިތަށް އެތައް ބައިވަރު އަނިޔާތައް ލިބޭ މީހެކެވެ. އެކަމުގެ ސަބަބުން ހިތުގައި ފާރުގަނޑުތައްވެސް އުފެދެއެވެ.

ނަމަވެސް އަހަރެމެންނަކީ އެފާރުގަނޑު ހިފައިގެން، ފާރުގަނޑާއިއެކު ދިރިއުޅެން މަސައްކަތްކުރަންވީ ބައެއް ނޫނެވެ. އަހަރެމެން ގަދައަޅައި މަސައްކަތްކުރަންވާނީ ފާރުގަނޑު ވީހައި އަވަހަކަށް ހިއްކައިލުމަށެވެ. ފާރުގަނޑުން ސަލާމަތްވުމަށެވެ.

ފާރުތައް ޖެހުމަކީ ދިރިއުޅުމުގެ ބައެކެވެ. އެކަން މެދުވެރިނުވާނެ ގޮތެއް ނުހެދޭނެއެވެ. އޮންނާނީ ފަރުވާ ކުރުމެވެ. ހިއްވަރާއިއެކު ފަރުވާކުރާ މީހާއަށް އިތުރު ހިއްވަރު ލިބޭނެއެވެ."
--މުފްތީ މެންކް
މިއަދު އޮންލައިން