ޢަރީފް މިނިވަންވެވަޑައިގަތުމުން ގިނަ އަދަދެއްގެ ފުލުހުން އުފާކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޢަރީފް މިނިވަންވެވަޑައިގަތުމުން ގިނަ އަދަދެއްގެ ފުލުހުން އުފާކުރޭ!

ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ޙުކުމް ތަންފީޒްކުރަން މަސައްކަތް ކުރެއްވުމުން މަޤާމުން ވަކިކޮށް "އެމަނިކުފާނުގެ" އޯޑަރަށް ހައްޔަރުކުރި އެއިރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ރޭ ވަނީ މިނިވަންވެވަޑައިގެންފައެވެ.

ސްޕްރީމް ކޯޓުން ކުރާ އަމުރުތައް ވަގުތުން ތަންފީޒުކުރުމަކީ މުއައްސަސާތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ކަމެކެވެ. ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ފުލުހުން މަސައްކަތްކުރީ ސިއްރަކުން ނޫނެވެ. އެ މަސައްކަތްކުރާކަން ޢާންމުކޮށް އިއުލާނުކުރުމަށްފަހުގައެވެ.

ޢަރީފް މިނިވަންވެވަޑައިގަތުމުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންވެސް ގެންދަނީ އުފާ ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން