ރައްޔިތުން ރުޅިގަދަވެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީ ސިޔާސީ ލީޑަރުން ހައްޔަރުކޮށްފަ ބައިތިއްބާތީ: ރައީސް ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ރައްޔިތުން ރުޅިގަދަވެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީ ސިޔާސީ ލީޑަރުން ހައްޔަރުކޮށްފަ ބައިތިއްބާތީ: ރައީސް ވަޙީދު

މިމަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރުޅިގަދަވެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީ ސިޔާސީ ލީޑަރުން ހައްޔަރުކޮށްފަ ބައިތިއްބާތީ ކަމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ވަނީ ސިޔާސީ ހުރިހާ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށްވެސް ސަރުކާރަށް ގޮވާލައްވައިފައެވެ.

ރައީސް ވަޙީދަކީ ސިޔާސީ ލީޑަރުން ކިތަންމެ ގިނަ ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް އެމީހުން ހައްޔަރު ނުކޮށް ވެރިކަން ކުރެވޭނެ ކަމާއި ސަރުކާރު ހިންގޭނެކަން އެމަނިކުފާނުގެ ވެރިކަމުގައި ސާބިތުކަމާއިއެކު ދައްކަވައިދެއްވައިފައެވެ.





މިއަދު އޮންލައިން