އޮފީސްތަކުގެ ލިޔުންތައް ނައްތާލާ މައްސަލަ އޭސީޕީ ނަވާޒުގެ ސަމާލުކަމަށް އިންތިޚާބީ ރައީސް ގެންދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އޮފީސްތަކުގެ ލިޔުންތައް ނައްތާލާ މައްސަލަ އޭސީޕީ ނަވާޒުގެ ސަމާލުކަމަށް އިންތިޚާބީ ރައީސް ގެންދަވައިފި
ސަރުކާރުގެ އޮފީސްތަކުގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ނައްތައިލަމުން ގެންދާތީ އެކަން ހުއްޓުވައިދިނުން އެދި އޭސީޕީ ނަވާޒުގެ ސަމާލުކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ލިޔުންތައް ޤަވާއިދާއި ޚިލާފަށް ނައްތައިލުމަކީ ޖިނާޢީ ކުށެއް ކަމަށާއި އެކަން ކުރި މީހަކަށް ބޮޑެތި އަދަބުތައް ޤާނޫނުގައި ކަނޑައެޅިފައިވާކަމާއިމެދު އެންމެންވެސް ވިސްނަން ޖެހޭނެ ކަަމަށެވެ.

މާރިޔާ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަމެއް އަންގައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ފޮޓޯ އާއި ވީޑިއޯ ކުރުމަށްފަހު ހުށަހަޅައިދިނުމަށްވެސް އެދިވަދައިގަންނަވާ ކަމަށާއި ކާކުކަން ނުއެނގޭ ގޮތަށްވެސް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ވެސް ހަމަޖައްސަވާފައިވާނެ ކަމަށެވެ.

މިފަދަ ވަގުތަކު ކަމެއް ފެނުނު ނަމަވެސް ހަމަނުޖެހުން ނުހިންގައި އެކަމެއް ރިޕޯޓްކޮށްދިނުމަށްވެސް މާރިއާ ވަނީ އެދިަދައިގެންފައެވެ. "އެއްވެސް ހަމަނުޖެހުމެއް ހިންގައި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަމެއް ނޫން. ވީމާ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރަން."

އޭސީޕީ ނަވާޒް މިއަދު ހެނދުނު ވަނީ އިންތިޚާބީ ރައީސްގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން