އިންތިޤާލީ މަރުހަލާގަ ސަރުކާރުން ވަޒީފާ ދިން ނަމަވެސް ވިސްނުމަށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އިންތިޤާލީ މަރުހަލާގަ ސަރުކާރުން ވަޒީފާ ދިން ނަމަވެސް ވިސްނުމަށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންފި
މިހާރު ކުރިއަށް މިދަނީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ އިންތިޤާލީ މަރުހަލާ ކަމަށާއި މިމަރުހަލާގައި ސަރުކާރުން ވަޒީފާ ދިން ނަމަވެސް ވިސްނުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ވެރިކަން ބަދަލުވާން ދާދި ގާތްވެފައިވަނިކޮށް ކުއްލިއަކަށް ސަރުކާރުން ގިނަ ބައަކަށް ވަޒިފާ ދެމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުން މިވަގުތު ދޭ ވަޒީފާ ބަލައިގަންނައިރު މިކަންކަމަށް ވިސްނުން ރަނގަޅުވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ވަޒިފާދޭންވީ ވަގުތު ވެސް ނޫން ކަމަށާއި މިގޮތަށް ސަރުކާރުން ކުރާ ކަންކަން އަލުން ބަލާނެކަން އެނގެންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން