5 ދުވަސްތެރޭ ސިކުނޑި ގިރިގެންދެއެވެ.
6 ދުވަސްތެރޭ ބަނޑުތެރެ ގިރިގެންބަނޑުގައި ހިމެނޭ އެއްޗެތިތައް އަނގައިންނާއި އެހެނއ ދިމާތަކުން ބޭރަށް ނުކުމެގެންދެއެވެ.
60 ދުވަސްތެރޭ ހަންގަނޑާ މަސްތައް ވިރިގެން ކަށިގަނޑަކަށް ވެދެއެވެ.
2 އަހަރުތެރޭ އިސްތަށިތައް ނެތިގެންދާނެއެވެ.
އެދުވަސްތަކަކީ ތިބާގެ ހަށިގަނޑު ކައްވަޅުތެރޭ ނެތް ދުވަސްތަކެއް ނަމަ ތިބާގެ ހަށިގަނޑުން ދުވާ ނުބައި ވަހުގެ ސަބަބުން ދިރިތިބި ވަލު ޖަނަވާރުންވެސް ތިބާގެ ހަށިގަނޑާ ކައިރި ނުވާހައި ނުބައި ވަސް ދުވާނެ ދުވަސްތަކެކެވެ.
ކޮންފަދަ ނިކަމެތި އިންސާނެއް ހެއްޔެވެ؟ ނުބައި ނުލަފާ ތިއަވަނީ ކިހައި އާރެއް ބާރެއް ތިއަ ހަށިގަނޑުގައި ހުރެގެން ހެއްޔެވެ؟ (ނުވަތަ) މޭކަޕްކޮށް، ބަރަހަނާވެގެން ތިއައުޅެނީ ތިއަ ރީތި ލޫޅާފަތި ހަށިގަނޑުގެ ކޮން ފައިދާއެއް އޮވެގެން ކަމަށް ހެއްޔެވެ؟
- އަޙްމަދު ބިން ނަޞީރު