ވަކި މުއްދަތެއް ނެތް ގޮތަށް ހުސްނު ސުއޫދު ސަސްޕެންޑު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ވަކި މުއްދަތެއް ނެތް ގޮތަށް ހުސްނު ސުއޫދު ސަސްޕެންޑު ކޮށްފި
ވަކި މުއްދަތެއް ނެތް ގޮތަށް ޤާނޫނީ ވަކީލު ހުސްނު ސުއޫދު، ކޯޓުތަކުގައި ވަކާލާތު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުސްނު ސުއޫދް ސަސްޕެންޑު ކުރީ އޭނާ އިއްޔެ ލިޔުނު ޓްބީޓަކާއި ހަވާލާދީ ވީނިއުސް ގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން އެމައްސަލަ ބަލަމުން ގެންދާތީ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ޑީޖޭއޭ އިން ދީފައެއް ނުވެއެވެ.

ހުސްނު ސުއޫދު އިއްޔެ ކުރެއްވި އެއް ޓްވީޓެއްގައި ވިދާލޫވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ މަސްލަހަތާއި ޤައުމުގެ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު، 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެން ވެސް އެވަކީލުންނާއެކު ހުސްނު ސުއޫދު ސަސްޕެންޑު ކުރިއެވެ. އެސަސްޕެންޝަން އުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުންނެވެ.
މިއަދު އޮންލައިން