މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިކޮށްގެން ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިކޮށްގެން ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު ގޮވާލައްވައިފި
މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިކޮށްގެން ޖަލްސާއެއް ބާއްވަން ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއިއެކު މަޖިލިސް ބައްދަލުވުމެއް ބޭއްވުމަކީ، ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި ދިވެހިން ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުމާއި އެއްގޮތަށް ކުރިއަށް ދިއުމަށް ކޮންމެހެންވެސް ބޭނުންތެރިކަމެއް!" ކަމަށެވެ.

ރައީސް ނަޝީދު މިއަދު މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި މެންބަރުންނާއި ބައްދަލުކުރައްވައިފައެވެ.

އިންތިޚާބާއިބެހޭ މަސައްކަތްތަކުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މިއަދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަން ނިމެން ކައިރިވެފައިވީނަމަވެސް އަދިވެސް 12 މެންބަރުންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ފައިޞަލާ ކުރުވަނިވި ޙުކުމެއްކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން