މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބާ ދިމާކޮށް އަދަބު ލުއިކޮށް، ޖަލުން ދޫކޮށްލި ބައެއް ގައިދީން އަނބުރާ ޖަލަށް ގެންދަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލަށް އަނބުރާ ގެންދިޔުމުގެ މަސައްކަތް ފަށާފައިވަނީ ނުރައްކާތެރި މައްސަލަތަކުގައި ތުހުމަތު ކުރެވި ބޮޑެތި ހުކުމްތައް ތަންފީޒު ކުރަމުންދާ ބައެއް ފަރާތްތެކެވެ.
ކަރެކްޝަންސް އިން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެގައިދީންގެ އަދަބު ލުއިކޮށް ޖަލުން މިނިވަން ކޮށްފައިވަނީ ޝަރުތުތަކަކާއެކުއެވެ. އަދި އެޝަރުތުތަކާއި ޚިލާފުވާނަމަ އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވެސް އަންގާފައިވެއެވެ.