ބަލި ޤަބޫލުކުރުމަށްފަހު އަނބުރާ ގެންދިއުމަކީ އެއްވެސް ޤައުމެއްގަ ކުރާ ކަމެއް ނޫން: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބަލި ޤަބޫލުކުރުމަށްފަހު އަނބުރާ ގެންދިއުމަކީ އެއްވެސް ޤައުމެއްގަ ކުރާ ކަމެއް ނޫން: މާރިޔާ
ބަލި ޤަބޫލުކުރުމަށްފަހު އަނބުރާ ގެންދިއުމަކީ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ރައީސް ޢަބްދުﷲ ޔާމީން ކުރައްވައިފާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންފިކަމަށް ރައީސް ޔާމީން އިންތިޚާބީ ކެންޑިޑޭޓާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބު ބާޠިލުކުރަން ހައިކޯޓަށް ދާން އުޅޭކަމަށް ފަތުރަނީ ޕީޕީއެމްގެ ސަޕޯޓަރުން ފަތުރާ ދޮގުވާހަކަތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އިންތިޚާބީ ރައީސް އާއިއެކު ރައީސް ޔާމީނު ބޭއްވެވި ބައްދަލުވުމުގައި "ރައްޔިތުން އަޅުގަނޑަށް ވޯޓު ނުލީ" ކަމަށް ރައީސް ޔާމީނު ވިދާޅުވިކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ.

ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މާރިޔާ ވިދާޅުވީ 17 ނޮވެމްބަރާއިހަމައަށް މަޤާމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންފައި ކަމަށާއި އެ ވައުދަށް އިޙްތިރާމް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން