ދެކުނުގެ ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 26ސ
ދެކުނުގެ ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.

މެޓް އެއޮފީހުން ބުނި ގޮތުގައި އެސަރަޙައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 17:30 ން މިރޭ 23:30 އާއި ހަމައަށެވެ.
މިއަދު އޮންލައިން