ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެކަމުގެ ޔަޤީންކަން ޗީފް އޮފް ސްޓާފް ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެކަމުގެ ޔަޤީންކަން ޗީފް އޮފް ސްޓާފް ދެއްވައިފި
އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާފައިވާ ރައްޔިތުންގެ ނިންމުން ދިވެހި ސިފައިން ދަމަހައްޓާނެކަމުގެ ޔަޤީންކަން ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ދެއްވައިފި އެވެ.

ރާއްޖެ ޓީވީން ބުނީ ޗީފް އޮފް ސްޓާފް މިމޭރުމުން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ބާޠިލުކުރަން ރައީސް ޔާމީނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އަޑުތައް ފެތުރެމުންދާތީ ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމަށެވެ.

"ޝިޔާމް ވިދާޅުވީ އެއީ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ އަޑުތަކެއްކަމަށް. އަދި ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ނިންމުން ދިވެހި ސިފައިން ދަމަހައްޓާނެކަން އެއީ ކަށަވަރުކަމެއް ކަމަށް ޝިޔާމް ވިދާޅުވި." ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން