ސިފައިންނާ ފުލުހުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސިފައިންނާ ފުލުހުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދީފި
"23 ސެޕްޓެމްބަރު 2014 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމެވި ގޮތް ދިވެހި ފުލުހުން ދަމަހައްޓާ އެނިންމުމަށް ދިވެހި ފުލުހުން އިޙްތިރާމްކުރާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން." - އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް

މިއީ ފުލުހުންގެ މީޑިއާ ގްރޫޕުގައި ފުލުހުންގެ ތަރުޖަމާނު ދާދި ދެންމެ ކޮށްފައިވާ ޕޯސްޓެކެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވެސް ވަނީ ހަމަ މިމޭރުމުން ދާދި ދެންމެ ޕޯސްޓެއް ކުރައްވައިފައެވެ.

"23 ސެޕްޓެމްބަރު 2014 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފަ. އެ ނިންމުން ސިފައިން ދަމަހައްޓާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން." ކަމަށް ޢާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސިފައިންނާއި ފުލުހުން މިމޭރުމުން ޔަޤީންކަން ދިނުމުން ދެން އެކަން އެހެން ގޮތަކަށް ބަދަލުކުރަން ރައީސް ޔާމީނު ކުރައްވާ އެއްވެސް މަސައްކަތެއް ކާމިޔާބު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ވޯޓުގެ ނަތީޖާ އިއުލާނުކޮށްފައިވާ ގޮތަށް ދެމިއޮންނާނެއެވެ.

މިއަދު އޮންލައިން