ކުޑަކުދިންނަށް ޝަހާދަތް ދަސްކޮށްދޭއިރު ވިސްނަން ޖެހޭނެ ކަމެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުޑަކުދިންނަށް ޝަހާދަތް ދަސްކޮށްދޭއިރު ވިސްނަން ޖެހޭނެ ކަމެއް
"1 އަހަރު ވަރުގެ ކުޑަ ކުއްޖަކަށް (لَا إِلٰهَ إِلَّا ٱلله) ކިޔަން ދަސްކޮށްދޭއިރު ތަންކޮޅެއް ދިގުވީމަ، އެންމެ ފުރަތަމަ (لَا إِلٰهَ) ކިޔަން ދަސްކޮށްދީފަ ދެން (إِلَّا ٱلله) ކިޔަން ދަސްކޮށްދިނުމަކީ ކޮން ކަހަލަ ކަމެއްތޯ؟"

ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ފާޠިމަތު ސާމިރާ ވިދާޅުވެފައިވަނީ ދެބައި ވަކިން ދަސްކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި ގިނަ ދުވަހުން ދަސްވި ނަމަވެސް ދަސްކޮށްދެއްވުން ރަނގަޅުވާނީ ދެބައި އެއްކޮށް ކަމަށެވެ.

ސާމިރާގެ މި ބަސްފުޅަށް ބަލާއިރު އެގޮތަށް ވިދާޅުވެފައި އެވަނީ (لَا إِلٰهَ) ބުނެފިނަމަ އެބުނެވެނީ ކަލަކު ވޮޑިގެން ނުވާކަމަށް ކަމުގައި ވާތީއެވެ.

ކަންކަމާއިމެދު ކަންބޮޑުވާ ވަގުތު މިގޮތަށް ބުނުމަކީ ބޮޑެތި މީހުންނަށް ވެސް ބައެއް ފަހަރު ކުރެވޭ ކަމެކެވެ. ނަމަވެސް އެގޮތަށް ބުނެގެން ނުވާނެއެވެ. އަބަދުވެސް ކިޔަންވާނީ (لَا إِلٰهَ إِلَّا ٱلله) އެވެ. މާތްﷲ ނޫން އެހެން ކަލަކު ވޮޑިގެން ނުވާކަމަށެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވެވޭނީ އެއިރުންނެވެ.
މިއަދު އޮންލައިން