ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއެކު ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ.
ހ. ސަކީނާމަންޒިލުގައި އެބައްދަލުވުން ކުރިއަށްދާކަން ޕީޕީއެމް އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެބައްދަލުވުމާއި ގުޅޭގޮތުން އެޕާޓީއިން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމެއް ފެށިގެން ކުރިއަށްދާއިރު، މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް އެޕާޓީއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. އެތުހުމަތު ތަކާއިމެދުވެސް ޕީޕީއެމް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.