އެހެން މީހެއްގެ ދުނިޔެއަށްޓަކައި ތިބާގެ އާޚިރަތް ގެއްލުވައި ނުލުމަށް ޝައިޚް އަނީލް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެހެން މީހެއްގެ ދުނިޔެއަށްޓަކައި ތިބާގެ އާޚިރަތް ގެއްލުވައި ނުލުމަށް ޝައިޚް އަނީލް އިލްތިމާސް ކުރައްވައިފި

އެހެން މީހެއްގެ ދުނިޔެއަށްޓަކައި ތިބާގެ އާޚިރަތް ގެއްލުވައި ނުލުމަށް ޝައިޚް މުޙައްމަދު އަނީލް އިލްތިމާސް ކުރައްވައިފިއެވެ.
ޝައިޚް އަނީލް ވިދާޅުވީ އިންތިޚާބުގައި ވަކި މީހަކު ބަލިވުމުން، މަސްލަހަތު ނަގާލުމަށްޓަކައި އިންތިޚާބުތެރޭގައި ނުހިނގާކަމެއް، ހިނގިކަމަށް ހަދައިގެން ޝަކުވާ ހުށަހެޅުމަކީ ދޮގުހެކި ދިނުނ ކަމަށެވެ. އަދި ދޮގު ހެކި ދިނުމަކީ ބޮޑު ފާފައެއް ކަމަށާއި އެހެން މީހެއްގެ ދުނިޔެއަށްޓަކައި ތިބާގެ އާޚިރަތް ގެއްލުވައި ނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ނިމިގެންދިއަ ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިފަހަރުގެ އިންތިޚާބަކީ އެންމެ ޝަކުވާ މަދު އެންމެ އަމާންކަމާއިއެކު ކުރިއަށް ގެންދެވުނު އިމްތިޙާން ކަމަށެވެ. ރީރަޖިސްޓްރޭޝަނާއި ގުޅިގެން ހުށަހެޅުނު 2 ޝަކުވާއެއް ފިޔަވައި އިތުރު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބުގައި ބޮޑުތަނުން ރައީސް ޢަބްދުﷲ ޔާމީން ބަލިވުމުން ޕީޕީއެމުން މިހާރު ބުނަމުން ގެންދަނީ އިންތިޚާބުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އިންތިޚާބުގެ ކަންކަން ނިމި ވަގުތީ ނަތީޖާިއުލާނުކޮށް ރައީސް ޢަބްދުﷲ ޔާމީން ބަލި ޤަބޫލުކުރައްވައި ދުނިޔެއަށް އިއުލާނުކުރެއްވުމާއި ހަމައަށްެވެސް ެއެފަދަ އެއްވެސް ވާހަކައެއް ޕީޕީއެމުން ދައްކާފައެއް ނުވެއެވެ.



މިއަދު އޮންލައިން