ވަނަ ލިބޭވަރަށް މާކްސް އިތުރުކޮށްދޭނެ ކަމަށާ ހިލޭ ކިޔަވައިދޭނެ ކަމަށް ބުނެ 5 ދަރިވަރުންނާ ޖިންސީ ގުޅުން ހިންގި ޑިރެކްޓަރަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
 ވަނަ ލިބޭވަރަށް މާކްސް އިތުރުކޮށްދޭނެ ކަމަށާ ހިލޭ ކިޔަވައިދޭނެ ކަމަށް ބުނެ 5 ދަރިވަރުންނާ ޖިންސީ ގުޅުން ހިންގި ޑިރެކްޓަރަކު ހައްޔަރުކޮށްފި

މަތީ ވަނަ ލިބޭވަރަށް މާކްސް އިތުރުކޮށްދޭނެ ކަމަށާއި ހިލޭ ކިޔަވައިދޭނެ ކަމަށް ބުނެ 5 ދަރިވަރުންނާ ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި މަހަރަސްތުރާޣެ އަމިއްލަ ސްކޫލެއްގެ ޑިރެކްޓަރަކާއި އޭނާގެ ސެކެޓްރީ ހައްޔަރުކޮށްފި އެވެ.

ކާކުކަން ނުއެނގޭ ގޮތަށް ފުލުހުންނަށް ފޮނުވި ސިޓީއަކާއި ގުޅިގެން އަންހެން ފުލުހަކު ސްކޫލަށް ގޮސް ދަރިވަރުންނާއި ބައްދަލުކޮށްް މައުލޫމާތު ހޯދުމުން އެނގުނީ އޭނާ އުމުރުން 14 އަހަރާއި 20 އަހަރާއި ދެމެދުގެ 5 އަންހެން ދަރިވަރުންނާއި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ.

މިކަމުގައި އޭނާއަށް އެހީތެރިވެދީފައިވަނީ ސެކެޓްރީއެއްގެ ވަޒީފާގައި ހުރި އަންހެނެކެވެ. ފުލުހުން ވަނީ މިދެ މީހުންގެ މައްޗަށްވެސް ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބާރާ ނުފޫޒު ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ އުފުލައިފައެވެ.

ފުލުހުން ބުނެފައިވަނީ ދަރިންގެ ކަންތައްތައް ގާތުން ބެލެހެއްޓުމުގެ ޒިންމާ މައިން ބަފައިން އުފުލުމުން ނޫނީ މިބާވަތުގެ މައްސަލަތައް ޙައްލު ނުކުރެވޭނެ ކަމަށެވެ. އަދި ލަދުގަނެ ރިޕޯޓް ނުކޮށް ތިބުމަކީވެސް މައްސަލަތައް އިތުރުވާ ސަބަބެއް ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިޞްބަތުން 2 ވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމުކަމަށްވެފައި މީޑިއާގެ މިނިވަންކަން އޮތުމުން މިބާވަތުގެ މައްސަލަތައް ގިނައިން މީޑިއާގެ ސަމާލުކަމަށް އަންނަމުންދާއިރު މިބާވަތުގެ އަމަލުތައް ހުރިހާ ޤައުމުތަކެއްގައިވެސް ދަނީ ހިނގަމުންނެވެ.
މިއަދު އޮންލައިން