ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލައެއް ބަލައި ދިނުމަށް އެމްއެމްއޭ އިން ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 44ސ
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލައެއް ބަލައި ދިނުމަށް އެމްއެމްއޭ އިން ހުށަހަޅައިފި
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފިޔާއެއްގެ މަނީ ލޯންޑަރިންގ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

އެމްއެމްއޭ އިން ރާއްޖެޓީވީ އަށް އެމައުލޫމާތު ކަށަވަރު ކޮށްދީފައިވާ ކަމަށް އެމީޑިއާއިން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ އެމައްސަލަ ތަހުގީގު ކޮށްދިނުމަށް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅީ މިހިނގާ ސެޕްޓެމްބަރ މަހުގެ މެދުތެރޭގައެވެ.

ރައީސް ޔާމީންގެ މައްޗަށް މިފަދަ ތުހުމަތެއް އެމްއެމްއޭ އިން ކޮށްފައިވާއިރު، އެމްއެމްޕީއާރްސީ ގެ އެތައް މިލިއަން ޑޮލަރެއް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެއެވެ.
މިއަދު އޮންލައިން