އިންތިޚާބުގެ ކަންކަން ދިއައީ ރަނގަޅަށްކަން އީސީން ކަށަވަރުކޮށްދެނިކޮށް އަލުން ވޯޓޭ ކިޔައިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ނުކުރޭ: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އިންތިޚާބުގެ ކަންކަން ދިއައީ ރަނގަޅަށްކަން އީސީން ކަށަވަރުކޮށްދެނިކޮށް އަލުން ވޯޓޭ ކިޔައިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ނުކުރޭ: އަމީން

23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ގޮސްފައިވަނީ ރަނގަޅަށްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެމުން ދަނިކޮށް އަލުން ވޯޓޭ ކިޔައިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ނުކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން އަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

އަމީން ވިދާޅުވީ ވަރަށް ގިނަ ޅައެއްޗެހި އެޅުއްވިއްޖެ ކަމަށާއި "ތި އަޅުއްވަނީ އެންމެ ބޮޑު ޅައެތި" ކަމަށެވެ. އެހެންކަމުން ރައްޔިތުން އިތުރަށް ރުޅިނާރުވައި ރީތިކޮށް މިކަން ނިންމަވާލައްވާފައި ގެއަށް ވަޑައިގަންނަވަން ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ.

"އިންތިޚާބުގެ ކަންކަން ދިއައީ ރަނގަޅަށްކަން އީސީ އިން ކަށަވަރުކޮށްދެނިކޮށް އަލުން ވޯޓޭ ކިޔައިގެން ހަމަނުޖެހުން ހިންގަން ރައީސް ޔާމީނު މަސައްކަތް ނުކުރައްވާ! ރީތިކޮށް މިކަން ނިންމަވާލައްވާފަ ގެއަށް ވަޑައިގަންނަވާ! ރައްޔިތުން ރުޅިނާރުވާ! ވަރަށް ގިނަ ޅައެއްޗެހި އެޅުއްވިއްޖެ! ތި އަޅުއްވަނީ އެންމެ ބޮޑު ޅައެތި!"
މިއަދު އޮންލައިން