މެޓް އޮފީހުން މިއިންޒަރު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:15 އިން 17:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ނެރުނު މޫސުމާއިބެހޭ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރިއަށް މިއޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ވިއްސާރަކޮށް، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނު ސަރަޙައްދުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ގަޑިތައް ވެސް އިއުލާނު ކޮށްފައެވެ.