ރާއްޖެ އާއި ސައުދީ އާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ކުރިއެރުމާއި ހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މަޓްރިކް އަލްދޮސަރީ ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ސައުދީ އަރަބިއްޔާގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ އެމްބެސެޑަރު ވިދާޅުވީ ރާއްޖެ އާއި ސައޫދީ އަކީ ދެއަހުން ކަމަށާއި
ރާއްޖެ އާއި ސައުދީއާ ދެމެދު އުފެދިފައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މިގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި މިނިވަން މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާއި ސައުދީ އެމްބަސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.