ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންނަކީ ގައުމާއި ރައްޔިތުންގެ ސަލާމަތަށް އޮތް އެންމެ ބާރުގަދަ މުއައްސަސާ ކަމަށެވެ. އެހެންކަމުން ސާބިތުކަމާއެކީ ރައްޔިތުންގެ ނިންމުން ދަމަހައްޓަން އެމްއެންޑީއެފުން ނިންމާފައިވާތީ އެމްއެންޑީއެފުގެ ޗީފް އޮފް ޑިފެންސް ފޯސްއަށާއި އޮފިސަރުންނަށް އަދި އެންމެހާ ސިފައިންނަށް ޝުކުރު އަދާކޮށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަން ހާމަކުރީތީ އެކްޓިން ޕޮލިސް ކޮމިޝަނަރަށާއި އޮފިސަރުންނަށާއި އެންމެހާ ފުލުހުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވާ ކަމަށެވެ. ފުލުހުންގެ އެންމެ އިސް ވާޖިބަކީ ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ގާނޫނުގެ ވެރިކަން އަދި ގާނޫނު ދެމެހެއްޓުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
Rayyithunge ninmevun dhamahattavaanekamah haama kurevvee thee @PoliceMv ge acting CP ashaa, officerunashaa, emmehaa fuluhunah shukuru adhaa koh maruhabaa dhannavan! Fuluhun ge emme is vaajibakee gaumuge aman amaan kan belehettumaa, rule of law adhi ‘law and order’ dhemehettemeve. https://t.co/81wLRAYLuN
— Qasim Ibrahim (@qasimibrahim) September 26, 2018