ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖު ބަންދުން މިއަދު ދޫކޮށްލައިފިއެވެ.
ހަ ދުވަހުގެ މުއްދަތަކަށްފަހު ސިރާޖު ބަންދުން ދޫކޮށްލީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުން ނުވާކަމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް އެންގުމުންނެވެ.
ވަކީލު ސިރާޖު ހައްޔަރު ކުރަން އެއިރު ނެރުނު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާއި ހަވާލާދީ ވާހަކަތަކެއް ފަތުރާ ކަމުގެ ތުހުމަތު ގައެވެ.
އެއަމުރުގައިވާ ގޮތުގެ މަތިން ކުރީގެ ނައިބު ރައީސް އާއި ހަވާލާދީ ސިރާޖު ޝާއިއު ކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތެކެވެ. ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރު ކުރާ ކަމުގެ ތުހުމަތުވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފައެވެ.