މަހުލޫފް ގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއް ބާތިލް ކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
މަހުލޫފް ގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއް ބާތިލް ކޮށްފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ބާތިލުކޮށް އެމައްސަލަތައް ކޯޓުން ބޭރުކޮށްފިއެވެ.

އެގޮތުން މިއަދު އެކޯޓުން ބޭރުކުރީ މަހުލޫފްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ.

މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ މަފުށީ ޖަލު ކުރިމަތީގައި މުޒާހަރާކުރި ކަމުގެ މައްސަލައިގައެވެ. އަނެއް ދައުވާ ކުރީ އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅޭގޮތުންނެވެ.

މަހުލޫފްގެ މައްޗަށް އެހެން ޓްވީޓަކާއި ގުޅިގެން ވެސް ދައުވާ ކޮށްފައިވެއެވެ. އެދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، ހުކުމް އިއްވުމާއި ހަމައިގައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
މިއަދު އޮންލައިން