ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 28ސ
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް އަދި ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގައި ހިމެނޭ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
މިއަދު އޮންލައިން