ފުލުހުންނާއި ސިފައިން ނަށް އިންތިހާބީ ރައީސް ޝުކުރު އަދާކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ފުލުހުންނާއި ސިފައިން ނަށް އިންތިހާބީ ރައީސް ޝުކުރު އަދާކުރައްވައިފި
23 ސެޕްޓެމްބަރު 2014 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމެވި ގޮތް ދިވެހި ފުލުހުން ނާއި ސިފައިން ދަމަހައްޓާނެ ބުނެފައިވާތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ދެ މުއައްސަސާއަށް ޝުކުރު އަދާކުރައްވައިފި އެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށްފާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންތިހާބުގެ ނަތީޖާ ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި ރައްޔިތުންގެ ބާރު، ގާނޫނު އަސާސީއާ އެއްގޮތަށް ދަމަހައްޓައިދީފައިވާތީ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވި އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހި، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިގެން ނަތީޖާ ބާތިލް ކުރަން އެ ޕާޓީން އުޅޭ ކަމުގެ އަޑުތަށް ރޭ ވަނީ ފެތުރިފައެވެ.
މިއަދު އޮންލައިން